ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ދިވެހި ފިރިހެނަކަށް އަނިޔާވި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެކްސިޑެންޓް ހިނގީ ހުޅުމާލެ، ނިރޮޅުމަގު ހަތްތަރި މާޓް ކައިރިންނެވެ.
ފުލުހުން ބުނީ ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެންވެފައިވާ ކަމުގެ ރިޕޯޓް މިރޭ 22:21 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނެއް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް