ލުތުފީ ގެނައުމުގެ އުފަލުގައި ބާއްވާ ޖަލްސާ ފަސްކޮށްފި
ހ.ހާޖަރާގޭ އަބްދުﷲ ލުުތުފީ ރާއްޖެއަށް ގެނެވުމުގެ އުފަލުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން އުމަރު ނަސީރު ވިދާޅުވީ މި ހަފްތާގައި ކާނިވާ ސަރަހައްދުގައި މަގުމަތީ ބާޒާރެއް ކުރިއަށް ދާތީ އެ ޖަލްސާ މި މަހުގެ 18 ވަނަ ދުވަހަށް ފަސްކުރިކަމަށެވެ.
އެ ޖަލްސާ ބޭއްވުމަށް އުމަރު ފުރަތަމަ ނިންމީ މާާދަމާާ ރޭގައެވެ.
ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ލުތުފީ ހުރިކަން އެންމެ ފުރަތަމަ ފަޅާއަރުވާލީ ޓްވިޓަރ މެދުވެރިކޮށް އުމަރު ނަސީރެވެ. އެއާއި އެކު ހަމަ އެރޭ ފުލުހުން ވަނީ އެކަމަށް އެއްބަސްވެފައެވެ.
ރޭގެ ވަގުތެއްގައި ލަންކާގެ ކަމާއިގުޅޭ އިދާރާތަކުން ހުއްދަ ލިބުމާއި އެކު ލުތުފީ ވަނީ މާލެއަށް ގެނެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް