އެމްޑީއެން ރަސްމީކޮށް އުވާލައިފިކަން އިއުލާންކޮށްފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ނުވަތަ އެމްޑީއެން ރަސްމީކޮށް އުވާލިކަން ޔޫތު މިނިސްޓްރީން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ވަނީ މިކަން އިއުލާންކޮށް ނޫސް ބަޔާނެއް ނެރެފައެވެ.
އެ ނޫސް ބަޔާނުގައި ބުނެފައިވަނީ އެމްޑީއެން އުވާލުމަށް ރެޖިސްޓްރަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން ޖަމްއިއްޔާތަކުގެ ގަވާއިދުގެ 45ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަަދައިން ޖަމްއިއްޔާގެ މުދަލާއި، ދަރަންޏާއި އެހެނިހެން މައްސަލަތައް ނިންމުމަށް 5 ނޮވެމްބަރުން ފެށިގެން 15ޑިސެމްބަރާއި ހަމައަށް މުހުލަތެއް ދެވުނު ކަމަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް، އެ ޖަމްެއިއްޔާއިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާތީ މިއަދުން ފެށިގެން އެ ޖަމްއިއްޔާ ރަސްމީކޮށް އުވާލާފައިވާކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް