ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި މަޑުއްވަރީ ގެތައް ބަލައި ފާސްކުރަނީ
ހަރުކަށި ފިކުރު ފަތުރާކަމުގެ ތހުމަތުގައި ރ. މަޑުއްވަރީއަށް ފުލުހުން އަރައި، އެރަށު ގެތައް ބަލައި ފާސްކުރަން ފަށައިފިއެވެ.
''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ފުލުހުން އެރަށުގެ ގެތައް ބަލައި ފާސްކުރަމުންދާ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ، އެކަމާ ބެހޭ އިތުރު މައުލޫމާތު ސަލާމަތީ ހިދުމަތްތަކުންމިއަދު ހާމަކުރައްވާނެ ކަމަށެވެ
މަޑުއްވަރީ ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފެށި އިރު، މިދިޔަ މަހުގެ ކުރީކޮޅު މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުން ކައިވެނިކޮށް، ބަލިވެ އިނދެ ވިހޭ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެމައްސަލައިގައި ކުއްޖާގެ މައިން ބަފައިން ހައްޔަރުކޮށްފައިވާ އިރު، އެ އާއިލާފެ ހަ ކުދިން މިހާރު ވަނީ ދައުލަތަށް ނަގައިފައެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ކަމަށް ސަލާމަތީ ބާރުތަކުންވެސް ވަނީ ބުނެފައެވެ. އެކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރައީސް ސޯލިހުވެސް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް