N/A
N/A
ހަބަރު 03 Dec 2019 | 15:05

ހުކުރު މިސްކިތުގެ މުންނާރު ހަޑިވެފައިވަނީ ކުލަ ނުލައިގެނެއް ނޫން!

800އަށްވުރެ ގިނަ އަހަރު ވަންދެން އަޅުގަނޑުމެން ދިވެހިން މާތް ވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ދެމިތިބިއިރު، ދިވެހިރާއްޖޭގައި އެ ދީނުގެ ހައިބަތާއި ގަދަރު ދައްކުވައިދޭ އެންމެ މުހިންމު އެއް ބިނާއަކަށްވާނީ މާާލޭ ހުކުރު މިސްކިތެވެ. އެ މިސްކިތުގެ ކޮންމެ ތަނަކުންވެސް ދިވެހި ކާބަފައިންގެ ފަންނުވެރިކަން ދައްކުވައިދެއެވެ. އެގޮތުން މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ ވަރަށް ޚާއްސަ ބިނާއެކެވެ.

ސުލްޠާން އިބްރާހީމް އިސްކަންދަރު 1 ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި ބިނާކުރެވުނު މި މުންނާރަކީ އެ ޒަމާނާއި އަޅާބަލާއިރު، އާކިޓެކްޗަރގެ މިންގަނޑުތަކުން ބަލައިފިނަމަ މޮޅު ބިނާއެކެވެ. ތާރީޚީ ފަތްފުތްތަކުން އެނގޭ ގޮތުގައި މި ބިނާ އިމާރާތްކޮށް ނިމިގެން ދިޔައީ ހިޖުރައިން 1085 ވަނަ އަހަރުގައެވެ.

މި މުންނާރަށް މިހާ ގިނަ ދުވަސްވެފައިވާއިރު، މުންނާރުގެ ކުލަ ވެއްޓި ފެހިޖެހުމަކީ އާންމުގޮތެއްގައި ދިމާވާ ކަމެކެވެ. މިފަދަ ހާލަތެއް ދިމާވާ ކޮންމެ ފަހަރަކުވެސް ސަރުކާރުގެ އިދާރާތަކުން އެ މުންނާރު ކުރިންވެސް ހުރި ހައިބަތަށް އަނބުރާ ގެނެއެވެ. މި ދުވަަސްވަރު އެ މާލޭ ހުކުރު މިސްކިތުގެ މުންނާރު ބާވެ، ކުލަވެއްޓިފައިވާއިރު އެ މުންނާރަށް އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވޭ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. ހެރިޓޭޖް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މުންނާރުގައި، އެ މިނިސްޓްރީން ފެންވަރު ރަނގަޅު ކުލަކޮޅެއްހާާ މިންވަރުވެސް ހާއްކައި ނުލެވޭކަމަށް ދަނީ ބުނަމުންނެވެ.

ނަމަވެސް މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ ފެންވަރު ރަނގަޅު ކުލަކޮޅެއް ހާއްކައިގެން މަރާމާތުކުރެވޭނެފަދަ ތަނެއް ނޫނެވެ. މިކަން ވަނީ ސަގާާފީ ތަރިކަ ރައްކާތެރިކުރުމާއި ބެހޭ މަރުކަޒުން އިއްެޔެ ނެރުނު ބަޔާނެއްގައި ފުރިހަަމައަށް ހާމަކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެ ތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރުމާާއި ބެހޭ މަރުކަޒުން ބުނީ ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެކަމެއްކަމަށެވެ. އެގޮތުން މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާތީ މިހާތަނަށް ބޭނުންކުރަމުން އަންނަނީ އުވަކަަމަށް ވަނީ ބުނެފައެވެ.

"ހުކުރު މިސްކިތުގެ މުންނާރު ދޮވެ، ސާފުކޮށް، އާބާތުރަ ފިލުވުމަށް މި މަރުކަޒުން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތަކުގެ އިތުރުން، ދާދި ފަހުން ވެވުނު ފަހުމުނާމާއެއްގެ ދަށުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާއި ގުޅިގެން މުންނާރާއި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި 4 ފެންވަޅު ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް މިހާރުވެސް ވަނީ ތައްޔާރުވެފައެވެ. އަދި މި މަސައްކަތް 30 ނޮވެމްބަރ 2019 ވީ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މޫސުން ތަންނުދޭތީ އެ މަސައްކަތް ވަނީ ކުރެވޭގޮތް ނުވެފައެވެ" ބަޔާނުގައިވެއެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫނެވެ. މުންނާރަކީ އަސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާއިރު، އެއީ އެ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ޚިލާފު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތެ ކުރިއަށް ގެންދާނެކަމަށް ވަނީ ބުނެފައެވެ.

ޓްވިޓަރ ފޮޓޯ: އަޒްވަރު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...