އެމްއެންޑީއެފްގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްއެއް ހިނގައިފި
މިއަދު މާލޭގައި ލައިސަންސް ނެތި ދުއްވި ސައިކަލެއް އެމްއެންޑީއެފްގެ ކާރެއްގައި ޖެހިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ހުޅުމާލެއިން މާލެއަށް އެކާރު ދަތުރުކުރަނިކޮށް، ދަރުބާރުގެ ކައިރިންނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެ ސައިކަލު ކާރުގެ ކުރިއަށް އަަރަން އުޅެނިކޮށެވެ.
މި ސައިކަލް ދުއްވަން އިން 21އަހަރުގެ މީހާގެ އަތުގައި ލައިސަންސްއެއް ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހާ ވަނީ ޖޫރިމަނާކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް