ހަރަދު ނުދިން މައްސަލައެއްގައި މީހަކު ހޯދަނީ
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ނ. މާޅެންދޫ، މާވިނަ، ސަފްރާޒް އިބްރާހީމް (32އ) އެވެ.
ސަފްރާޒް އިބްރާހީމް ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ޚަރަދަށް ފައިސާ ނުދެއްކުމުގެ ދެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 އޯގަސްޓް 25 ވަނަ ދުވަހު 10:30 އަށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ސަފްރާޒް އިބްރާހީމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންނަށް އެންގުމަށް، ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް