ބާޒާރުމަތީގައި ހުންނަ ލިލީ ގުދަނެއްގައި ރޯވެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޭ ދަންވަރުގެ ވަގުތެއްގައި މަސްމާރުކޭޓް ކައިރީ ހުންނަ ލިލީ އެފްއެންބީ ގުދަނުގައި ރޯވެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ ދަންވަރު އެކެއްޖަހާއިރުކަމަށެވެ. ރޯވިކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވާލެވުނީ 02:39 ހާއިރުކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ރޯވެފައިވަނީ ލިލީން ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގައިކަމަށެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ގުދަނަށާއި މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރޯވި ގުދަނަކީ ވަރަށް ދުވަސްވީ އިމާރާތެކެވެ. މި ހާދިސާގައި ލިބުނު ގެއްލުންތައް ބަލަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް