ސަރުކާރާއި، ސަރުކާރާއި އިދިކޮޅު މީހުންގެ ތާއީދާއެކު އައިބީ މަޖިލީހަށް
ސަރުކާރާއި، ސަރުކާރާއި އިދިކޮޅު މީހުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ( އައިބީ) ވިދާޅުވީ މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށް ވުމުން މަޖިލީހުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ އަމިއްލަ މެންބަރުންނަށް ކަމަށް ގަބޫލުކުރައްވާކަމަށެވެ. މަސައްކަތް ކުރާނީ ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިއްބެވި ޕާޓީތަކުގެ ތާއީދާއެކު ރައްޔިތުންނަށް ފައިދާހުރި އެންމެ ބޭނުންވާ މަސައްކަތްތައް ކޮށްދެއްވުމަށް ކަމަށްވެސް އައިބީ ފާހަގަކުރެއްވިއެވެ.
އައިބީ ވިދާޅުވީ މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރުގައިވެސް މަޖިލީހުގެ ތެރެއިން އޭނާ ކުރެއްވި މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، އަދި އެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ އޭނާ މަޖިލީހުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ކަމަށްވެސް އައިބީ ވިދާޅުވިއެވެ.
މަޖިލީހުގެ މިދައުރުގައިވެސް އައިބީ ފާހަގަވެފައިވަނީ ދާއިރާގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރެއްވާ، ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ކަންތައްތައް ފުރިހަމަކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެއެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމެވުމުގެ ކުރިން އައިބީއަށް ވަނީ ޕީޕީއެމްގެ ޓިކެޓްވެސް ލިބިވަޑައިގަންނަވާފައެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެ ޓިކެޓް ދޫކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް