ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާދަމާ ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ޑިސްޓްރިބިއުޝަން ނެޓްވަރކްގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަރަންޓް ކަނޑާލައިގެން ކުރަންޖެހޭތީވެ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށެވެ. އެގޮތުން ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި ހުޅުމާލޭގެ ނެއިބަރހުޑް އަދި ދޭއް ފާަހަގަކޮށްފައެވެ.
މާލެ ސަރަހައްދުގެ ތެރެއިން ހުޅުމާލޭގައި ދިރިއުޅުމަށް ތަރައްޤީކުރަމުންދާ ޓަވަރުތައް އިތުރުވެ އާބާދީ ހިފެހެއްޓުމެއްނެތި އިތުރުވަމުންދާއިރު، ސްޓެލްކޯއިން އެކުންފުނީގެ ކަރަންޓް ހިދުމަތުގެ ކެޕޭސިޓީ އިތުރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް