ޖެޓުގެ ޑިމާންޑް އިތުރުވެ، ހިންދުސްތާން އެއަރޮނޮޓިކްސްގެ ފައިދާ މައްޗަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިންޑިއާގެ އަސްކަރިއްޔާއިން ހަނގުރާމަމަތީ ޖެޓްތައް ގަތުން އިތުރުވެ، ޖެޓް އުފައްދާ އިންޑިއާގެ ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް (އެޗް.އޭ.އެލް) އަށް މި ނިމުނު މާލީ އަހަރުގެ ތިން ވަނަ ކުއާޓަރގައި ލިބުނު ފައިދާ އިތުރުވެއްޖެއެވެ.
ޑިސެމްބަރު 31 އަށް ނިމުނު 3 ވަނަ ކުއާޓަރގައި އެކުންފުނީގެ ފައިދާއަށް 165.7 މިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ. މިއީ 14 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ޖެޓު ވިއްކުމުގެ އޯޑަރުތަކުގެ އިތުރުން ކުރީގެ ޖެޓްތަކަށް ބޭނުންވާ ސްޕެއަރ ވިއްކައިގެން ލިބުނު ފައިދާއެވެ. އެކުންފުނީގެ އުފެއްދުންތަކުގެ ސްޕެއަރ ވިއްކައިގެންވެސް ބޮޑު އާމްދަނީއެއް އެޗް.އޭ.އެލް އިން ހޯދައެވެ.
އިންޑިއާ ސަރުކާރުން ވަނީ ޑިސެމްބަރު މަހުވެސް 12 ސުކޯއީ މަރުކާގެ ޖެޓް ގަތުމަށް އެޗް.އޭ.އެލް އަށް އޯޑަރު ދީފައެވެ. މިއަހަރު ހިއްސާއަކަށް 25 ރުޕީޒް ފައިދާއަށް ބަހަން އެޗް.އޭ.އެލް އިން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް