ތެލާއި، އައިސް ލިބޭ ގޮތައް ކަންނެލި ޖަގަހަ ތަކެއް ހަދަނީ
މަހަށް ހަމައަގު ހޯދުމަށް ކަންނެލި ޖަގަހަތައް ހަދަން ނިންމައިފިއެވެ.
ހއ. އިހަވަންދޫގެ ރައްޔިތުންނާއު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަހަށް ހަމައަގު ހޯދައި ދިނުމަށް ކަންނެލި ޖަގަހަތަކެއް ހެދުމަކީ ރައްޔިތުންގެ މަޖިލީހު އިންތިޚާބަށް އެމްޑީޕީން ވެފައިވާ ވައުދެއްކަމަށެވެ
ނަޝިދު ވިދާޅުވީ ކަންނެލި ޖަގަހަ ތަަކަކީ ގޮނޑުދޮށުން ފެށިގެން އަތޮޅު ތަކުގެ ދުނިން ފެށިގެން ސަތޭކަ އެއް ހާ މޭލު ދުރުގައި ގާއިމް ކުރާ އޮއިވާލި ކަނދުފައްޗެއް ކަަަމަށެވެ. އަދި އެތަަނަކީ ދިހަހާއެއްހާ އަކަފޫޓްގެ ތަނެއް ކަމަށާއި، އެތަނުން މަސްގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށްވެސް ނަޝީދުގެ ވާހަކައިގައި ވިދާޅުވިއެވެ. އަދި އެތަނުން ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް ނަޝިދު ވަނީ ފާހަގަކުރައްވާފައެވެ.
އެތަން ހަދަނީ އެތަނުގައި ވަގުތު ހޭދަކޮށް އެތަނުގައި ކެއިން ބުއިމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެ ފަދަ އުސޫލަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަންތައްތަކާއި އެކު މަހަށް ހަމައަގު ލިބިގެންދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ވިދާޅުވާ ކަންތައްތައް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ނަޝީދު ވަނީ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް