އެފްޑީސީން އެޅުމަށް ނިންމި 5،000 ފްލެޓަށް ލޯނު ހަމަޖެހިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި އެޅުމަށް ނިންމާފައިވާ ފްލެޓްތަކުގެ ތެރެއިން 5،000 ފްލެޓް އެޅުމަށް ބޭނުންވާ ލޯނު ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ވޮއިސްއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، 5،000 ފްލެޓް އެޅުމަށް ބޭނުންވާ ލޯނު ޗައިނާގެ ބޭންކަކުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ބޭންކުން ދިނުމަށް ނިންމި ލޯނުގެ އުސޫލްތައް ކަނޑައެޅިފައިވާ ލިޔުންތައް އިކޮނޮމިކް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށާއި، ހައުސިން މިނިސްޓްރީން އެކަމަށް ހުއްދަ ދިނުމުން މަޝްރޫޢުގެ ލޯން އެއްބަސްވުމުގައި ޗައިނާގެ ބޭންކާއެކު ސޮއިކުރެވޭނޭ ކަމަށެވެ.
އެފްޑިސީން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުންކަމަށް އެފްޑީސީން ބުނެއެވެ.
އެފްޑިސީން މިހާރު ދަނީ ކުރީ ސަރުކާރުން އެޅި 4،000 ފްލެޓްގެ ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް