ރާއްޖޭގައި މަރުވި އިންޑިޔާ މީހެއްގެ މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް ހަދަން އަމުރުކޮށްފި
ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސް އުޅެނިކޮށް މަރުވި އިންޑިޔާ މީހެއްގެ މަރުގެ މައްސަލަ ބަލަން ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް އެ ގައުމުގެ ހައިކޯޓުން އަމުރުކޮށްފިއެވެ.
އިންޑިޔާގެ ހައިކޯޓުން މިފަދަ އަމުރެއް ނެރުނީ ރާއްޖޭގައި އިންޑިޔާގެ ފަތުރުވެރިޔާ މަރުވި ގޮތާއި މެދު އާއިލާއިން ބޮޑެތި ތުހުމަތުތަކެއް ކުރަމުން ގެންދާތީއެވެ.
ހަނީމޫނަށް ރާއްޖޭގެ ރިސޯޓަކަށް އައިސް އުޅެނިކޮށް އިންޑިޔާގެ ފިރިހެންމީހާ މަރުވެފައި ވަނީ ޑޮކްޓަރުންގެ އިހުމާލުން ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރެއެވެ.
މަރުވި އިންޑިޔާ މީހާގެ ބައްޕަ ބުނެފައިވާ ގޮތުގައި އެމީހާ މަރުވީ ވިލު ރީފް ރިސޯޓްގައި އުޅެނިކޮށް ކާނާ ވިހަވެގެން ފަރުވާ ދިން ޑޮކްޓަރުގެ އިހުމާލުގެ ސަބަބުން ކަމަށެވެ.
އިންޑިޔާގެ މީހާ މަރުވި މައްސަލައިގައި މީގެ ކުރިން އޭނާގެ އާއިލާގެ ފަރާތުން ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނަށް ވެސް މައްސަލަ ބަލައި ދިނުމަށް އެދި ހުށަހެޅިއެެވެ. އެހެން ނަމަވެސް އެ ހުށަހެޅުން 2018 ވަނަ އަހަރުގެ ތެރޭގައި އިންޑިޔާގެ ކޯޓަކުން ވަނީ ބާތިލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް