ޑރ.އަޒްމިރަލްދާއާއި ޝުޖޫންގެ ނަން މަޖިލީހަށް ފޮނުވައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް އަލްެއުސްތާޛާ އައިޝާ ޝުޖޫން އަދި ޑރ.އަޒްމިރަލްދާ ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މި ދެފަރާތުގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ލަފާގެ މަތިންނެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ މަތީ ކޯޓެއްގެ ފަނޑިޔާރުކަމަށް އަންހެނުން އައްޔަންކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ.
އަލްއުސްތާޛާ އައިޝާ ޝުޖޫން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވާފައެވެ. މިހާރު އެކަމަނާ އަކީ ބާ ކައުންސިލްގެ މެންބަރެކެވެ. އަދި ޝުޖޫން ވަނީ ރާއްޖޭގެ ފުރަތަަމަ އަންހެން ގާޟީންގެ ތެރެއިން ހިމެނޭ ފަރާާތެކެވެ.
ޑރ.އަޒްމިރަލްދާ ޒާހިރަކީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަޒްމިރަލްދާއަކީ ރާއްޖޭގެ މަތީ ކޯޓަކަށް ފުރަތަމަ އައްޔަންކުރެވުނު އަންހެން ފަަނޑިޔާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް