ލަންކާގައި ހުންނަ އާސަންދަ އޮފީސް ބަންދުކުރުމާއި މެދު ގޮތެއް ނުނިންމާ
އަވަށްޓެރި ސްރީލަންކާގައި ހުންނަ އާސަންދަ އޮފީސް ބަންދުކުރުމާއި މެދު ގޮތެއް ނުނިންމާކަމަށް އެކުންފުނިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ ލަންކާގައި ހުންނަ އާސަންދައިގެ އޮފީސް ބަންދުކުރުމާއި މެދު ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނޯޓިސް ދިނީ އޮންނަ އުސޫލުންކަމަށް އާޝިޔާ ފާހަަގަކުރެއްވިއެވެ.
އެމީހުންނަށް ނޯޓިސް ދިނީ މަސައްކަތަށް ބަލާފައި މުވައްޒަފުންނާއި މެދު އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށް އާޝިޔާ ވިދާޅުވިއެވެ.
ލަންކާގައި ހުންނަ އާސަންދަ އޮފީހުގައި މަސައްކަތް ކުރަނީ ޖުމުލަ ތިން މީހުންނެވެ.
އެއީ ނޯޓިސް ދީފައިވާ ދެ ދިވެހިންގެ އިތުރުން ލަންކާގެ ޑްރައިވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް