ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ނަންތައް ހާމަކުރަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގެވި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންގެ ނަންތައް ހާމަކުރުމަށް ތައްޔާރުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ބައްދަލުވުމެއްގައި ފްލެޓްގެ މައްސަލަތައް ބަލާ ކޮމެޓީގެ ނައިބު ރައީސް ތޮލާލް ވިދާޅުވީ އަންނަ ހަފްތާގައި ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް ހާމަކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.
އެކަމަށްޓަކައި، ފްލެޓް ފޯމްތަކުގެ ފޯމް ނަންބަރތަކުގެ ވެރި ފަރާތަކުގެ ނަންތައް ހާމަކުރާނެކަމަށް އެކޮމެޓީން ވަނީ ބުނެފައެވެ.
ނިމި ދިޔަ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓްގައި ވަނީ ފްލެޓްއަށް އެދުނު ފަރާތްތަކުގެ ފޯމް ނަންބަރު އެކަނިއެވެ.
މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުުޅު ދައްކަވަމުން ތޮލާލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ފްލެޓްތައް ދޫކުރުމުގައި ބޮޑެތި މައްސަލަތައް ފާހަގަވެފައިވާކަމަށެވެ.
އެގޮތުން އިނދެގެން އުޅޭ ދެމަފިރިންނަށްވެސް އުސޫލާއި ޚިލާފަށް ފްލެޓް ލިބިފައިވާކަން ހާމަވެފައިވާކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް