N/A
N/A
ހަބަރު 27 Nov 2019 | 14:52

ވައްކަމެއްގެ ޒިންމާ ނުނެގުމުން ނިންމީ ހައްމާދު މަރާލަން!

ދާދިފަހުން އއ.މާޅޮސް ކައިރިން ލަނޑާނަގާ ދޯންޏެއްގައި އިސްމާއިލް ހައްމާދު މަރާލަން ހަމަލާދިނީ ވައްކަމެއްގެ ޒިންމާ ނުނެގުމުގެ ސަބަބުންކަމަށް ހާމަވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހައްމާދަށް ހަމަލާދިންކަމަށް އެ ދޯނީގައި މަސައްކަތްކުރާ އިސްމާާއިލް އާސިފް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް އާސިފް ހާޒިރުކުރުމުން، ކުށަށް އިއުތިރާފުވެ މިކަން ހިނގައިދިޔަ ގޮތް ކިޔައިދިންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހައްމާދަށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި ވެސް ކަނޑުގެ 15 ވަރަކަށް މީޓަރު އަޑިން ހޯދާފައިވާކަމަށް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ.

އާސިފްގެ ފަރާތުން ހައްމާދަށް ހަމަލާދިނުމުން އޭނާ މޫދަށް ފުންމާލައި، ފަތާފައިގޮސް އއ.މާޅޮހަށް އެރިއެވެ. އެއަށްފަހު އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އޭނާއަށް މިހާާރު ދަނީ މާާލޭގެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މި މައްސަލައިގެ ތަހުގީގަށް ހައްމާދުގެ ބަޔާން ނެގިފައިވާކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

ހައްމާދު މަރާލުމަށް ހަމަލާދިން ސަބަބެއް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، މީޑިޔާގެ ރިޕޯޓްތަކުން ބުނާގޮތުގައި އާސިފްގެ ފަރާތުން ހަމަނުޖެހުން ހިންގައި ހަމަލާދީފައިވަނީ ރިސޯޓެއްގެ ޑިންގީއެއް ވަގަށް ނަގަން އުޅުމަށްފަހު، ނާކާމިޔާބުވެ ފަޅާއެރުމުން އެ ވައްކަމުގެ ޒިންމާ ނުނެގުމުންނެވެ. މި ވައްކަމުގެ މައްސަލައިގައި އާސިފް ހައްޔަރުކޮށްފައި ޑިންގީއެއް ފަދަ އެއްޗެއްގެ ތެރޭގައި އޮންނައިރު، އޭނާގެ ކައިރީގައި ފުލުހަކު ހުންނަ ވީޑިޔޯއެއް ވަނީ އާންމުވެފައެވެ.

ހައްމާދާއި އާސިފަކީ ހަރުކަށި ފިކުރުގެ ފަރާތްތަކެއްކަމަށްވުމުން، މައްސަލައެއް ދިމާވެއްޖެނަމަ އޮންނަ އުސޫލަކީ ކޮންމެވެސް އެއް ފަރާތަކުން ޒިންމާ ނެގުންކަމަށް "ސަން" ގައި ވަނީ ބުނެފައެވެ.

އެގޮތުން ހައްމާދަކީ އެ ދޯނީގެ ކައްޕިކަމުގައިވުމުން ވައްކަމުގެ ޒިންމާ ހައްމާދު ނެގުމަށް އެދުމުން، އެކަމާއި އޭނަ ދެކޮޅު ހެދުމުން ހަމަލާދިނީ ކަމަށްވެއެވެ. ހައްމާދަށް ހަަމަލާދިނީ އާސިފް އެކަނި ކަމަށާއި، ދެން ހުރި މީހާ އޮތީ ނިދަންކަމަށް ހޯމް މިނިސްޓަރ ވިދާޅުވި ނަމަވެސް، ހައްމާދު ހޯދަން ދެ މީހަކު މާޅޮހަށް އެރިކަމަށްވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...