ފުލުހުންނާއި ދިމާއަށް ގަލާއި ފުޅި އުކާ ޝީލްޑް އަތުލި މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިރޭ ކުރިއަށްދާ މުޒާހަރާގެ ބައިވެރީން ފުލުހުންނާއި ދިމާއަށް ގަލާއި ފެންފުޅި އުކައި, ފުލުހުންގެ އާލަތްތައް އަތުލަން މަސައްކަތް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށާ މި އަމަލުތައް ހިންގި މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން އެކަން ހާމަކޮށް ބަޔާނެއް ވަނީ ނެރެފަ އެވެ.

ފުލުހުން ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދާ އެއްވުމުގައި ކުރީން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމުން އެ ގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާ ކަމަށެވެ.

ނަމަވެސް އެކަމަށް އިޖާބު ނުދީ މުޒާހަރާގެ ބައިވެރީން ފުލުހުންނާއި ދިމާއަށް ގަލާއި ފެންފުޅި އުކައި, ފުލުހުންގެ އާލަތްތައް އަތުލަން މަސައްކަތް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.

އެހެން ކަމުން އެ އަމަލުތައް ހިންގި މީހުންނާއެކު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް