ދާރުލްއުލޫމު ހިމާޔަތްކުރުމުގެ މަސައްކަތް ފަށަނީ
މަޖީދިއްޔާ ސްކޫލް އެންމެ ފުރަތަމަ ހިންގި ދުވަސްވަރުން ފެށިގެން ބޭނުންކުރި ދާރުލްއުލޫމް އިމާރާތް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ހެރިޓޭޖް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އިސްމާއިލް ނާއިލް ވިދާޅުވީ ދާރުލްއުލޫމް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި ދާާދި ފަހުން މިނިސްޓަރ ޔުމްނާާ މައުމޫން އިސްވެ ހުންނަވާ މިނިސްޓްރީގެ ވަފުދެއް އެތަނަށް ޒިޔާރަތްކޮށްފައިވާނެ ކަމަށެވެ.
ނާއިލް އިތުރަށް ވިދާޅުވި ގޮތުގައި އެތަނުގެ ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެެރެއިން ބޮޑެތި މަރާމާތުތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެތަނުގެ ސީލިންގުންނާއި ފާރުތަކުން ފެންލީކުވުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
ދާރުލް ޢުލޫމާއިި ކުރިބޯށި އިމާރާތް. @MajeediyaSchool @EducationMV @HeritageMv @MACH_MV @aamaldives pic.twitter.com/GwxDewzGkQ
— Yumna Maumoon (@yumna_maumoon) July 1, 2019
މި މަރާމާތުތައް ކުރާނީ ހެރިޓޭޖް މިނިސްޓްރީގެ ފަންނީ މާހިރުންގެ އިރުޝާދުގެ ދަށުންކަމަށް ނާއިލް ވިދާޅުވިއެވެ.
ދާރުލްއުލޫމަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ މުހިންމު ހާދިސާތަކެއް ހިނގައިދިޔަ ދުވަސްވީ އިމާރާތަަށްވީއިރު، އެތަން ހިމާޔަތްނުކުރެވި ވީރާނާވަމުންދިޔުމަކީ ގިނަބަޔަކު ޝަކުވާކުރަމުންދިޔަ ކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާރުލްއުލޫމަކީ ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދީދީ ހުވާކުރެއްވި ދަރުބާރު އޮތްތަނެވެ. އަދި އިނގިރޭސީންނާއި ރާއްޖެއިން ސޮއިކުރި ދެވަަނަ ހިމާޔަތުގެ އެއްބަސްވުން ކަމުގައިވާ މަޝްހޫރު އޯލްޕޯޓް އެގްރީމެންޓްވެސް ސޮއިކުރެވުނީ އެތަނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް