N/A
N/A
ހަބަރު 24 Dec 2019 | 06:26

"ދިޔަނެރު ދޭއް" ފަޅު ގައި ސަފާރީ ބަނދަރު ތަރައްގީ ކުރަނީ

ސަފާރީތައް އަޅަން ބޭނުންކުރާ ބަނދަރުގެ ގޮތުގައި ''ދިޔަނެރު ދޭއް'' ފަޅު ތަރައްގީ ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެކަން އިއުލާންކޮށްފައިވަނީ، ރޭ ބޭއްވި ފަސްވަނަ މޯލްޑިވްސް ބޯޓިންގް އެވޯޑްސް ހަފްލާ ގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

އެހަފްލާ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައިގައި ވިދާޅުވީ، މާލެ އާއި އަށް ކިލޯމީޓަރު ދުރުގައި އޮންނަ "ދިޔަނެރު ދޭއް" ފަޅުގައި ސަފާރީތަކަށް ހާއްސަ ބަނދަރު ހެދުމަށް ނިންމީ، ފަޅުތައް ބަހައިލި އިރު ފުރަތަމަ އެ ބަނދަރު އެޅުމަށް ސަރުކާރުން ބޭނުންވި ފަޅު އެހެން ބަޔަކަށް ދިނުމުންނެވެ.

އަދި އެފަޅު އަލުން ހޯދުމަށް އެއްބަސްވުން ބާތިލުކޮށް، ކޯޓަށް ދާނަމަ، އެކަމުގައި ދައުރު ނިމެންދެން އުޅެން ޖެހިދާނެތީ، މާލެއާ ކައިރިން ބަނދަރު ހަދަން އެންމެ އެކަށޭނެ، ދާއިރާގެ މީހުންނަށް ފަސޭހަވާނެ ތަނެއްގައި ސަފާރީތައް އަޅާނެ ބަނދަރެއް ހެދުމަށް ނިންމީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އެގޮތުގެ މަތިން "ދިޔަނެރު ދޭއް" ފަޅު ހަމަޖެއްސީ ކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، އަންނަ އަހަރަށް މި ޕްރޮޖެކްޓު ރާވާފައިވާކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ކަމެއް ބަދަލުކުރި ބައެއްގެ ގޮތުގައި އުޅެ ނިމިދާން ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރުމަށް ދާއިރާގެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ މުހިއްމު ކަމަށް މިނިސްޓަރު ފާހަގަަކުރެއްވިއެވެ. އެގޮތުން ސަފާރީތައް އޯވާ ނައިޓަށް ބަނދަރުކުރާނެ ސަރަހައްދެއް އޮތުމުގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އުމްރާނީ ތަރައްގީ ފާހަގަކުރައްވައި އަލީ ވަހީދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރު އައީ އުސް އިމާރާތް އަޅައިގެން އިގްތިސޯދު ބައްޓަން ކުރަން ނޫން ކަމަށާއި މި ސަރުކާރުން ބޭނުން ވަނީ ދެމެހެއްޓެނެވި ތަރައްގީ ގެނެސް ދިނުމަށް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ފަހު އަހަރާއި މި ސަރުކާރުގެ ފުރަތަަމަ އަހަރާ ބައެއް މީހުން އަޅާ ކިޔާ ކަމަށެވެ. ނަމަވެސް އެ ސަރުކާރުގެ ކެމްޕެއިން އަހަރާއިމި ސަރުކާރުގެ ފުރަތަމަ އަހަރާ އަޅާ ނުކިޔޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ދެ ސަރުކާރުގެ ދުވެލި އެއްވަރު ވާކަށް ނުޖެހޭނެ ކަމަށާއި މިސަރުކާރު އައީ ވަރަށް ގިނަ ކަންތައްތަކަށް ކޮށްފީމޭ ބުނަން، އެއް އަހަރު ތެރޭ ދައުލަތުގެ ބަޖެޓު ދުއްވާލަން ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...