އެންޑީއޭގެ ސީއީއޯ ކަމުން އިމާދު ވަކިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯކަމުން އިމާދު ސޯލިހު ވަކިކޮށްފި އެވެ.
އިމާދު މަގާމުން ވަކިކުރަން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ އެޖެންސީގެ ބޯޑު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާދު މަގާމުން ވަކިކުރީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެންޑީއޭ އިން ކުރަން ލާޒިމުކޮށްފައިވާ މަސައްކަތްތައް ކޮށްފައި ނުވާތީއެވެ.
އިމާދު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް ބޭފުޅަކު އަދި އައްޔަނެއް ނުކުރެ އެވެ.
އިމާދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ނޮވެމްބަރު 1، 2022 ގަ އެވެ. އޭނާ އަކީ މިހާރު އެމްޑީޕީ މެންބަރެއްވެސް މެއެވެ.
މިދިޔަ ސަރުކާރުގައި އެންޑީއޭ ހިންގަމުން އައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތަން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ހަމަޖައްސަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް