ނާވައިދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި
ހދ.ނާވައިދޫގައި އަޟްހާ އީދުގެ މުނާސަބަތާއި ދިމާކޮށް، ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
އެރަށު ޓްރެއިނާސް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އަންހެނުންގެ މި ފުޓްސަލް މުބާރާތަކީ އެރަށުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މުބާރާތެކެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޓްރެއިނާސްެގެ އޮފިޝަލަކު ވިދާޅުވީ ޓްރެއިނާސް ވިމެން ފުޓްސަލް ޓޯނަމެންޓަށް ޓީމްތަކުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ކުޅުންތެރިން ޕްރެކްޓިސްކޮށް ހަދާފައިވާ ކަމަށެވެ.

އަދި މިމުބާރާތް ދެން އަންނަ އީދުގައި މުޅި އަތޮޅަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޓްރެއިނާސް ސްޕޯޓްސް ކްލަބަކީ 2008ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކުރެވިގެން ނާވައިދޫގައި ހިންގަމުންދާ ކްލަބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް