ހުޅުމާލޭގެ ގަރާޖުތައް ބޭނުންކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް!
ހުޅުމާލޭގައި ވެހިކަލްތައް ޕާކްކުރުމަށް ގަރާޖުތަކާއި ޕާކްކުރާނެ ޖާގަތައް ބޭނުންކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެެނެސްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ގަރާޖު ހަދާފައިވާ އިމާރާތް ނުވަތަ ފްލެޓް ހިމެނޭ އިމާރާތުން އުޅަނދު ޕާކުކުރާނެ ޖާގަ ކަށަވަރުވެފައިވާ ތަނެއްނަމަ، ވެރިފަރާތް/ފްލެޓް ވިއްކުމުގެ އެގްރީމެންޓް ހެދިފައިވާ ފަރާތުން އެހެން ފަރާތަކަށް އެ ޖާގަ ދޫކުރަން ބޭނުން ވަނީ ކަމުގައިވާނަމަ، ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ކޮޕީ ހުށައަޅަންޖެހޭނެ ކަމަށެވެ.
އަދި މި ގޮތަށް އަމަލުކުރުމުން އެފަރާތެއްގެ ނަން މަތީގައި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދެވޭނެކަމަށް އެ އިއުލާނުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް