ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގުރޫމް ކުރި ޓީޗަރު ބަންދުން ދޫކޮށްލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައިގެން ދަރިވަރުން ގްރޫމްކުރި ކަމަށް ތުހުމަތުކުރާ ޓީޗަރު ދޫކޮށްލައިފި އެވެ.
މީގެ ކުރިން ފުލުހުން މައުލޫމާތު ދިން ގޮތުގައި، ރާއްޖޭގެ ދެކުނު މެދުގެ އަތޮޅެއްގެ (މ،ފ،ދ،ތ،ލ) ރަށެއްގައި ހިނގު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ 17 އޮކްޓޯބަރުގައި ކަމަށެވެ.
އަދި ކޯޓު އަމުރެއްގެ ދަށުން ޓީޗަރު ހައްޔަރުކުރީ 10 ދުވަސް ފަހުން، 27 އޮކްޓޯބަރުގައި ކަމަށާ، އެއީ 29 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށްވެސް އޭރު ފުލުހުން ބުންޏެވެ.
އޭނާގެ ބަންދަށް އެންމެ ކުރިން ޖެހީ 20 ދުވަހެވެ. އޭގެ ފަހުން 30 ދުވަސް ޖަހާފައިވާއިރު، މިއަދު ފުލުހުން ބުނީ، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި 25 ނޮވެމްބަރުގައި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް