N/A
N/A
ހަބަރު 17 Apr 2019 | 00:34

އައްޑޫ މީހުން މާލޭގައި ކުރާ ވިޔަފާރިތަކާއި ދެކޮޅަށް ދަނީ ކެމްޕޭންކުރަމުން: ޒާހިދު ރަމީޒު

ނިއުޕޯޓް ބަންދުކުރުމަށް ގޮވާލާ ކުރަމުންދާ ކެމްޕެއިންއަކީ އައްޑޫ މީހުން މާލޭގައި ހިންގާ ވިޔަފާރިތަކާއި ދެކޮޅަށް ކުރާ ކެމްޕޭނެއްގެ ގޮތުގައި ނިއުޕޯޓްގެ ކުރީގެ އިސްވެރިޔާ ޒާހިދު ރަމީޒު ސިފަކޮށްފިއެވެ.

ޒާހިދު މިހެން ބުނެފައިވަނީ ނިއުޕޯޓްގެ ތަންތަން ބަންދު ނުކުރެވިގެން އުޅެނީ ހިތަދޫ މެދު ދާއިރާގެ މެންބަރ މުހައްމަދު އަސްލަމްގެ ނުފޫޒުންކަމަށް ބުނެ ޓްވިޓަރގައި ގިނަ ބަޔަކު ވާހަކަދައްކަމުން ދިޔުމާއި ގުޅިގެން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައެވެ.

އޭނާ ބުނީ ނިއުޕޯޓާއި އަސްލަމާއި ދެމެދު ވިޔަފާރީގެ އެއްވެސް ގުޅުމެއް ނޯންނާނެކަމަށާއި އޮތްހާވެސް ގުޅުމަކީ އާއިލީ ގުުޅުމެއް ކަމަށެވެ. އަދި ދެފަރާތުގެ ސިޔާސީ ވިސްނުން ތަފާތުކަމުގައިވިޔަސް، އެކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށް އެއްވެސް ނުރަނގަޅު ނުފޫޒެއް ނުފޯރާކަމަށް ޒާހިދު ފާހަަގަކުރިއެވެ. ޒާހިދު ބުނީ އޭނާ ދެކޭ ގޮތުގައި ނިއުޕޯޓުގެ ކަންކަމުގެ ތެރެއަށް އަސްލަމް ވައްދަމުންދަނީ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިޚާބުވުމުގެ ފުރުސަތު ހަނިކުރުމުގެ މަގުސަދުގައެވެ.

ޒާހިދު އިތުރަށްވަނީ ނިއުޕޯޓްގެ ތަންތަން މިހާރުވެސް ހިންގަމުންދަނީ ސިވިލް ކޯޓުން ހުކުމްކޮށްގެން ލިބުނު ހުއްދައާއި އެއްކޮށްކަމަށް ފާހަަގަކޮށް، މިހާތަނަށް ހުކުމް ނުކުރާ ހަމައެކަނި މައްސަލައަކީ ބްރިޖް ޕްލެޓްފޯމްގެ މައްސަލަކަމަށް ބުނެފައެވެ.

އޭނާ ވަނީ ނިއުޕޯޓަށް ދަތިތައް ކުރިމަތިކުރުވަމުންދަނީ އޭނާއާއި މެދު ސިޔާސީ ފިކުރުގެ ސަބަބުން ޒާތީ މައްސަލަތަކެއް ހުރި ފަރާތްތަކެއްކަމަށް ސިފަކޮށްފައެވެ. ޒާހިދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި ދައުލަަތަށް ކުލީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ފޯރުކޮށްދެނީ ނިއުޕޯޓުންކަމަށް ބުނެފައެވެ.

މި ބަޔާން ނިންމާލަމުން ޒާހިދު ވަނީ ޓްވިޓަރގައި ދައުރުވަމުންދާ ޓްވީޓްތަކަށް ބަލާފައި މިއީ އައްޑޫ ރައްޔިތުންނާއި އައްޑޫ މީހުންގެ ވިޔަފާރިތަކާއި ދެކޮޅަށް ކުރާ ކެމްޕޭނެއްކަން ބުނަން ތައްޔާރުކަމަށް ބުނެފައެެވެ. އޭނާ ވަނީ އައްޑޫގެ ފަރާތްތަކަށްވެސް އުނދަގުލާއި ނުލައި މާލޭގައި ވިޔަފާރިކުރުމުގެ ހައްގު އޮންނާނެކަމަށް ބުނެފައެވެ.

އަދި އަމިއްލަ ހައްގާއި، މުވައްޒަފުންނާއި، އާއިލާ އަދި އައްޑޫ ސިޓީގެ ހައްގުގައި ވަކާލާތުކުރާނެކަމަށާއި އިރާދަކުރެއްވިއްޔާ އިންސާފު ގާއިމްވާނެކަމަށްވެސް ޒާހިދު ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...