އައްޑޫ ސިޓީގައި ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ހިލޭދެނީ
އައްޑޫ ސިޓީގެ ދަރިވަރުންނަށް ބަހުގެ ޚިދުމަތް ހިލޭ ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
އައްޑޫ ސިޓީގައި ބަހުގެ ޚިދުމަތް ފޯރުކޮށްދޭ އެމްޕީއެލްއިން ބުނީ ބަހުގެ ޚިދުމަތް ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންގެ އިތުރުންވެސް ގިނަ ފަރާތްތަކަކަށް ފޯރުކޮށްދިނުމަށް ގަސްދުުކުރާ ކަމަށެވެ.
އެގޮތުން ދެ އަހަރުން ދަށުގެ ކުޑަކުދިންނަށާއި، 65 އަހަރުން މަތީ ދޮށީ އުމުރުގެ ރައްޔިތުން އަދި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދެއްކުމުން) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށެް ހިލޭ ބަހުން ދަތުރުކުރެވޭނެކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް މި ހިދުމަތް ލިބޭނީ އެންސްޕާއިން އެ ފަރާތްތަކަށް ދޫކޮށްފައިވާ ކާޑު ދެއްކުމުންނެވެ.
މީގެ ކުރިން އައްޑޫ ސްކޫލް ކުދިން ބަހުގައި ދަތުރު ކުރަނީ 300 ރުފިޔާ ދައްކައިގެންކަން ފާހަގަކޮށްލެވެއެވެ. އެއީ ފޭދޫ، މަރަދޫ، އަދި މަރަދޫފޭދޫގެ ދަރިވަރުން އައްޑޫ ހައި ސްކޫލަށް ދިއުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް