ގެއްލުނު ސައިކަލް ފެނުނީ މޫދުއަޑިން!
ވަގަށް ނަގައިގެން ރިޕޯޓްކުރި ސައިކަލެއް މާލޭ ނޯތު ހާބަރ ފަޅުތެރޭގައި އޮއްްވާ ފެނިއްޖެއެވެ.
ފުުލުހުން މައުލޫމާތު ދޭގޮތުގައި ރޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން ފުންމާލި މީހަކަށް ސައިކަލެއް ފެނިގެން ރިޕޯޓްކުރި ކަމަށެވެ.
އަދި އެތަނަށް ގޮސް ފުލުހުން ބެލި ބެލުމުން އެއީ 2019 އެޕްރީލް 16 ވަނަ ދުވަހު ގެއްލުނު މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާ ސައިކަލެއް ކަން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް