އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ
މާފަންނު އުތުުރު ދާއިރާގެ މެންބަރު، އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
މާދަމާ ހެނދުނު 8:30 ގައި އިމްތިޔާޒަށް ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވިކަން އެބޭފުޅާ ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.
އިމްތިޔާޒު ވަނީ ޗިޓު ފޮނުވާފައި ވީނަމަވެސް ބިރުގަނެ، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ ނުދައްކާ ނުހުންނާނެ ކަމަށްވިދާޅުވެފައެވެ. އަދި ސުޕްރީމް ކޯޓަކީ ވަކަރުގެެއެއް ފަދަ ތަނެއްގެ ގޮތުގައި އިމްތިޔާޒު ސިފަކުރެއްވިއެވެ.
އިންތި އަކީ އަބަދުވެސް ވަރަށް ހާމަަކަން ބޮޑުގޮތެއްގައި ފަނޑިޔާރުގެ އިސްލާހުުކުުރުމަށް ގޮވާލައްވާފައިވާ ފަރާތެއްކަން ފާހަަގަކޮށްލެވެއެވެ.
އަދި އިންތި ވަނީ 19ވަނަ މަޖިލީހުގެ ފަރާތުން ޖޭއެސްސީގެ މެންބަރަކަށްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ޓްވިޓަރގައި ވިދާޅުވެފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް