ހަމަލާތައް ހުއްޓާލަންދެން އިސްރާއީލް ޕާސްޕޯޓް މަނާކުރަން ކޮމިޓީން ނިންމައިފި
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަންދެން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ދޭއްޖެހި އިރު މަޖިލިސްގައި ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ބައްދަލުވުމުގައި މިގޮތަށް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ތާއިދު ކުރެއްވި މި އިސްލާހުގައި ބުނެފައިވަނީ 7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލައިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް