N/A
N/A
ހަބަރު 10 Jul 2019 | 02:13

ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން- 10

ލިޔުނީ: އައްޝައިޚް އަހްމަދު ސަމީރު

ސެކިއުލަރިޒަމްގެ ހިތި ނަތީޖާ

3- ތަޢުލީމީ ނިޒާމު ފަސާދަކުރުން

އިސްލާމީ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ފަސާދަކޮށް، ތަޢުލީމީ ނިޒާމަކީ ސެކިއުލަރިޒަމްގެ ފިކުރަށް މަގުފަހިކުރާ އެއްޗަކަށް ހެދުމަކީ ސެކިއުލަރިސްޓުން ނުހަނު ސަމާލުކަން ދޭކަމެކެވެ. އެއީ އިސްލާމީ ޤައުމުތަކުގެ މުސްތަޤުބަލުކަމުގައިވާ ޅަ ސިކުޑިތައް ދޮވެލައި އަންނަން އޮތް ޖީލަކީ ދީނެއް މިއްލަތަކަށް އިމާން ނުވާ ބަޔަކަށް ހެދުމަށްތަކައެވެ. ނުވަތަ ދީނަށް އީމާން ވިޔަސް އެއީ ހަމައެކަނި ނަމެއްގެ ގޮތުގައި އޮންނަ ކަމަކަށް ހެދުމަށްޓަކައެވެ. އެއުރެންގެ ހަވާ ނަފްސުގެ އެދުންތަކުގެ ފަހަތުގައި އާވާރާވެފައިވާ ބަޔަކަށް ހެދުމަށްޓަކައެވެ. ތަޢުލީމީނިޒާމު ފަސާދަކުރުމަށްޓަކައި މިވެރިން ތަފާތު އެތައް އުކުޅުތަކެއް ބޭނުންކުރެއެވެ. އޭގެތެރޭގައި:

ހ- ތަފާތު މަރުޙަލާތަކުގައި ކިޔަވައިދޭ މުޤައްރަރުތަކުގެ ތެރެއިން ސެކިއުލާ ފިކުރު ފެތުރުން

ށ- ދީނީ މަޢުލޫމާތު މަދުކުރުމާއި، އިސްލާމް ކިޔައިވައިދޭ ގަޑިތައް ވީހާވެސް މަދުކުރުން

ނ- ސެކިއުލަރިޒަމްގެ ބާޠިލުކަން ފާޅުކޮށްދޭ، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ޙަދީޘްތައް ދަރިވަރުންނަށް ކިޔަވައިދިނުން މަނާކުރުން.

ރ- ސެކިއުލަރިޒަމްގެ ފިކުރަށް ވާގިދިނުމުގެ ގޮތުން އާޔަތްތަކާއި ޙަދީޘްތަކުގެ މާނަ ނުބައިކޮށް ތަރުޖަމާކުރުން

ބ- ދީނުގައި ރަނގަޅަށް ސާބިތުވެތިބޭ ނަމޫނާ މުދައްރިސުން، ކިޔަވައިދިނުމުގެ ދާއިރާއިން ދުރުކޮށް އިދާރީ މަޤާމްތަކަށް ބަދަލުކުރުން. މީގެ ސަބަބުން ދަރިވަރުންނާއި އެ މުދައްރިސުން އޮންނަ ގުޅުން ކެނޑިގެން ދެއެވެ.

ޅ- "އިސްލާމް" މި މާއްދާއަކީ ކުދިންގެ ނަތީޖާއާ ގުޅުމެއް ނެތް އިޚްތިޔާރީ މާއްދާއެއް ގޮތުގައި ހަމަޖެއްސުމާއި، މާއްދާއަށް ދޭވަގުތަކީވެސް ޓައިމް ޓޭބަލްގެ އެއްމެ ފަހުގަޑިކަމުގައިހެދުން

ކ- ޢަރަބި އިސްލާމީ ތަޢުލީމަށް ދަތިކުރުމާއި އޭގެ ތަޞައްވުރު ހުތުރު ކުރުމާއި، އެތަޢުލީމު އުނގެނޭ ދަރިވަރުންގެ މުސްތަޤްބަލެއް ނެތްކަމުގައި ދެއްކުން

4- އިސްލާމީ މަތިވެރި ރިސާލަތާއި ވަޟުޢީ ފަލްސަފާތަކާ ހުރި ތަފާތު މީސްތަކުންގެ ހިތްތަކުން ނައްތާލުން.

މިކަމުގެ ނަތީޖާއަކަށް ވެގެންދަނީ ހުރިހާ ދީންތަކާއި ބާޠިލު ޢަޤީދާތަކާމެދު ބޭރުފުށުން އެއް ނަޒަރިއްޔާއެއް ޤަބޫލުކުރާކަން ދެއްކުމެވެ. ނަމަވެސް ޙަޤީޤަތުގައި އިސްލާމް ދިނުގެ ޢަޤީދާއާއި އެދީނުގެ އަހުލުވެރިންނަށްވުރެ ކުފުރުގެ މިއްލަތާމެދު އޭނާގެ ހިތުގައި މަތިވެރިކަން ދެވިފައިވީނަމަވެސް މެއެވެ. އެމީހުންގެ ގާތުގައި މުސްލިމުންނާއި ޔަހޫދީންނާއި ނަޞާރާއިންނާއި މަހޫސީންނާއި، ހިންދޫސީންގެ މެދުގައި ތަފާތެއް ނެތެވެ. ސެކިއުލާ ފިކުރަށް ތާއީދުކުރާ މިންވަރަކުން މެނުވީ އެއްވެސް މީހެއްގައި ތަފާތެއް ނެތެވެ. އިސްލާމާއި ކުފުރު ހަމަހަމައެވެ. މުސްލިމުންނާއި ކާފިރުން ހަމަހަމައެވެ. މި ބާޠިލު ޢަޤީދާގެ ދަށުން މުސްލިމު އަންހެނަކު ޔަހޫދީ ނުވަތަ ނަޞްރާނީ، ނުވަތަ މަޖޫސީ ފިރިހެނަކާ ކައިވެނި ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.

އިސްލާމް ދީނާމެދު ޢިއްޒަތްތެރިވުމުގެ ބަދަލުގައި އެމީހުން އެއްކުރާ އެއްޗެއްކަމުގައި ދައްކަނީ ވަޠަނިއްޔަތާއި ޤައުމިއްޔަތެވެ. އިސްލާމީ ޤައުމުތަކުގައި ދީނުގެ ފިކުރަށް އެއްބައިވުމުގެ ބަދަލުގައި ޤައުމީ އެއްބައިވަންތަކަމުގެ ވާހަކަ ދައްކަނީ މިހެންވެގެންނެވެ. އެއިރުން ދީނަކީ ސަރުކާރުތަކުން ޙިމާޔަތްކޮށް ރައްކާތެރިކޮށްދޭންޖެހޭ އެއްޗެއްކަމުގައި ނުވާނެއެވެ. ދީން ރައްކާތެރި ކުރުމަކީ މިފިކުރުގެ މީހުންގެ ގާތުގައި މީހާގެ ޒާތީ ފަރުދީ ކަމެކެވެ.

5- މުޖުތަމަޢުގައި ބަދު އަޚުލާޤީ ކަންކަމަށް ހިއްވަރުދީ އެކަންކަން ފެތުރުން:

މިކަމުގެ ސަބަބުން އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ޢާއިލާތައް ތަރުބިޔަތުވަމުން އަންނަ އައުން ހުއްޓި އާއިލާތައް ގެއްލި ހަލާކުވެގެން ދެއެވެ. އަދި އިސްލާމީ ރިވެތި މުޖުތަމަޢެއް ހެދި ބޮޑުވުމުގެ ބިންގާ ފުނޑުފުނޑުވެގެން ދެއެވެ. މިކަން ކުރަމުން ދަނީ ތަފާތު އެކި ގޮތްގޮތުންނެވެ. އޭގެ ތެރޭގައި:-

ހ- ބަދު އަޚުލާޤީ ކަންކަން ޤާނޫނީގޮތުން ހުއްދަކޮށް ، ޒިނޭކުރުންފަދަ ކަންކަމަކީ ދެފަރާތުގެ ރުހުމާއެކު ކުރެވޭ ކަމެއްނަމަ އެއީ އަމިއްލަ ޒާތީ ކަންކަން ކަމާއި އެކަމަކީ އެއްވެސް އަދަބެއް އޮންނަކަމެއް ކަމުގައި ނުހެދުން

ށ- ނޫސްތަކާއި ޚަބަރު ފަތުރާ އެހެނިހެން ވަސީލަތްތަކުން ބަދު އަޚްލާޤީ ކަންކަން ފަތުރާ ހިއްވަރުދިނުން. މީގެ ތެރޭގައި ބަދު އަޚްލާޤީ ކަންކަން ފަތުރާމީހުންނީ ފާންނާނުންނާއި ނަމޫނާ ތަރިންގެ ގޮތުގައި މުޖުތަމަޢަށް ދެއްކުން ހިމެނެއެވެ. އެފަދަ ފާސިދުންގެ ޢަމަލުތައް ޒީނަތްތެރިކޮށްދިނުމާއި، އެމީހުންގެ ޚަބަރާއި ނުލައި ދުވަހު ނޫހެއް ޓީވީ ޗެނަލްއެއް ނުހިންގޭނެހެން ހީވާދަރަޖައަށް އެކަންކަން މުހިންމުވެއެވެ. މިގޮތުން ޚަބަރުތަކުގައި އެކަމަށް ޚާއްޞަކަމެއް ދެވޭއިރު ނޫސްތަކުގައި އެފަދަ ކަންކަންކަމަށް ޚައްޞަކުރެވިފައިވާ ބައިތައް ހުރެއެވެ. އަދި އެފަދަ މީހުންގެ ޚަބަރުތައް ކުރުކޮށްނާއި ދިގުކޮށް ގެނެސްދިނުމަކީ ޚަބަރުފަތުރާ ފަރާތްތަކުގެ އެންމެ މުހިންމު ޒިންމާއެއްކަމުގައި ވަނީ ވެފައެވެ. ބަލާލި ކޮންމެ ނޫހަކުން މިކަން ފެންނާނެއެވެ.

ނ- އަންހެނުން ނިވާވެ އުޅުމާ ދެކޮޅުހެދުމާއި، އެކަން ދަތިކުރެވިފައި އޮތުމާއި ނިވާވެތިބުމަކީ ދަށުދަރަޖައިގެ ކަމެއްކަމުގައި ދެއްކުމާއި، ރަނގަޅަށް ނިވާނުވެ އުޅުމަށް ބާރުއެޅުމާއި އެކަމަށް މަގުފަހިކޮށްފައި އޮތުން.

ރ- ސްކޫލު މަދަރުސާތަކާއި އޮފީސްތަކާއި، އެކި މުއައްސަސާ ތަކުގައިވެސް ދެޖިންސު މަސްހުނި ކުރުމަށް ބާރު އެޅެގޮތަށް ކަންކަން ރާވައި ހިންގުން. މިކަމުގެ ސަބަބުން ދޭދޭ ޖިންސުގެ މެދުގައި ގޯނާކުރުމާއި، ފާޙިޝްކަންކަން ފެތުރިގެން ދިޔުމަށް މަގުފައހިވެގެން ދެއެވެ.( ނުނިމޭ)

ނޯޓު: މިލިޔުމުގެ އަޞްލަކަށް ބަލާފައިވާނީ. حقيقة العلمانية معناها ونشأتها ..... الشيخ أبو سليمان عبد الله بن محمد الغفيلي ، މިފޮތެވެ. އިތުރަށް ޝަރަޙަކޮށްދިނުމުގެ ގޮތުންވެސް އިތުރު އެކި ވާހަކަތައް ލިޔެފައިވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...