ސަވަރިން ގެރެންޓީ ދީގެން އެންމެ ގިނައިން ލޯނު ނެގީ މިދިޔަ އަހަރުގައި
ސަރުކާރުގެ ފަރާތުން ސަވަރިން ގެރެންޓީދީގެން އެންމެ ގިނަ ލޯނު ނަގާފައިވަނީ މިދިޔަ އަހަރުގައިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ސަވަރިން ގެރެންޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ވޭތުދިޔަ ފަންސަވީސް އަހަރުތެރޭގައި ސަރުކާރުން ގެރެންޓީ ދީގެން އެންމެ ގިނައިން ލޯނު ނަގާފައިވަނީ 2018 ވަނަ އަހަރުގައެވެ.
އެ އަހަރުތެރޭގައި ހަތް ލޯނަކަށް ސަރުކާރުން ވަނީ ސަވަރިން ގެރެންޓީ ދީފައެވެ.
ސަރުކާރުގެ ގެރެންޓީ ހޯދައިގެން ލޯނު ނެގި ފަރާތްތަކުގެ ތެރޭގައި މިފްކޯ، އެސްޓީއޯ، އެޗްޑީސީ، އެމްއޭސީއެލް، ސްޓެލްކޯ، އަދި އައްޑޫ އިންޓަނެޝަނަލް އެއަޕޯޓް ފަދަ ކުންފުނިތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ސަވަރިން ގެރެންޓީ ދީފައިވަނީ ގިނައިން ޗައިނާގެ ބޭންކުތަކުން ދޫކުރި ލޯންތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް