ޕީޕީއެމްއާކު ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް މައުމޫނަށްދީފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕީއެމްއާއި އެކު ކޯލިޝަން ހެއްދެވުމުގެ ދައުވަތު، އެޕާޓީގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ދެއްވައިފިއެވެ.
މި ބީދައިން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ، ޕީޕީއެމްއާއި ޕީއެންސީއާއި ގުޅިގެން މަޖިލިސް އިންތިޚާބަށް ގުޅިގެން ނުކުތުމަށް ކޯލިޝަނެއް ހެދުމަށް ބޭއްވި ރަަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރީގެ ރައީސް މައުމޫން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫންވެސް ޕާޓީ ރަޖިސްޓަރ ކުރައްވައިގެން ޕީޕީއެމްއާއި އެކު ކޯލިޝަން ހެދުމަށް އަންނަންވީ ކަމަށެވެ.
މިރޭގެ ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ޕީޕީއެމްއާއި ކޯލިޝަން ހެދުމަށް ވާހަކަަދައްކަން އުނދަގޫވާނީ ހަަމައެކަނި އެމްޑީޕީއަށް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިރޭ ޕީއެންސީއާއި އެކު ސޮއިކުރެވުނު އެއްބަސްވުމަކީ މިހާތަަނަށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ސޮއިކުރެވޭ އެންމެ މުހިންމު އެއްބަސްވުންކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން މަޖިލީހުގެ 63 ގޮނޑިއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް