ސްކޫލްތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދެނީ
ދިވެހިރާއްޖޭގެ ސިޓީތަކުގައި ހުރި ސްކޫލްތައް ހިންގުމުގެ ބާރު ސިޓީ ކައުންސިލްތަކަށް ދިނުމުގެ ވިސްނުންފުޅު ގެންގުުޅުއްވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އައްޑު އާއި ފުވައްމުލައް ސިޓީއަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ފުވައްމުލަކަށް ވަޑައިގެން، އެ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބައްދަލުވުމުގައި މިނިސްޓަރު ވަނީ މުސްތަގުބަލުގައި ސްކޫލްތައް ހިންގާނީ ކައުންސިލު ތަމްސީލުކުރާ ބޯޑަކުން ކަމަށާއި އަދި އެއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގައި ހިމަނާފައިވާ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން ސިވިލް ސަރވިސްގެ އޮނިގަނޑަށް ބަދަލު ގެނެސް، ކައުންސިލްތަކުގައި އެޑިއުކޭޝަން ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް