ވެމްކޯގެ ނަން ބަދަލުކުރަނީ؟
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ނުވަތަ ވެމްކޯގެ ނަން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ކުރުމަށް މަޝްވަރާކޮށްފައިވަނީ ވެމްކޯގެ ނަމާއި މަޝްހޫރު ވިޔަފާރި ކުންފުންޏެއްކަމުގައިވާ ވީއޭއެމްކޯގެ ނަމާއި ފުށުއަރާތީއެވެ.
މި ދެތަނުގެ ނަން އޮންނަ ގޮތުގެ ސަބަބުން އާންމު ފަރާތްތަކަށް އޮޅޭކަމަށް މީގެ ކުރިން ސޯޝަލް މީޑިޔާގައިވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ވެމްކޯއަށް ގުޅާލުމުން އެފަރާތުން ބުނީ ނަން ބަދަލުކުރުމާއި ބެހޭ މައުލޫމާތެއް އަދި އެނގިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް