އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދެއްކުމަށް ފެނަކައިގެ މައްޗަށް ހުކުމްކޮށްފި
އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމްކޮށްފައިވަނީ އެ ކުންފުނިން ކުރި މަސައްކަތަކަށްވާ 31 މިލިއަން ރުފިޔާ ފެނަކަ އިން ހޯދުމަށް ދައުވާ ކުރުމާއި ގުޅިގެންނެވެ.
އެކުންފުންޏަށް ފެނަކައިން ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ދީފައިވަނީ ހަމައެކަނި 3 މިލިއަން ރުފިޔާކަމަށް ވާއިރު، ފެނަކައިން މި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ބޭނުންވި ނަމަވެސް، ކޯޓުން ދިން މުއްދަތުގައި ފެނަކަ އިން އެއްބަސްވި ގޮތަށް ހައްލުވެފައިއެއް ނުވެއެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ، ފެނަކައިން ދިމަހް އަށް ދައްކަން ޖެހޭ 31 މިލިއަން ރުފިޔާގެ ތެރެއިން ބާކީ ނުދައްކާ އޮތް 28 މިލިއަން ރުފިޔާ 11 މަހަށް ބަހައިގެން ދެއްކުމަށް ހުކުމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް