މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ދައުލަތުން 5.1 ބިލިއަން ޚަރަދުކުރި
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދައުލަތުން 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލީ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ 3 މަހު 5.1 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކުރި ނަމަވެސް އެއަށް ވުރެ 1 ބިލިއަން އިތުރަށް ދައުލަތަށް ވަނީ އެ މުއްދަތުގައި އާމްދަނީ ލިބިފައެވެ.
އެގޮތުން ފުރަތަމަ 3 މަހުގެ ތެރޭގައި 6.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ މިފަހަރު ވެސް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީން ނެވެ.
އަދި ދައުލަތުން އެންމެ ބޮޑު ޚަރެދެއް ކޮށްފައި ވަނީ، މުސާރައާއި ދައުލަތް ހިންގުމުގެ ޚަރަދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް