ރާއްޖޭގެ މަސްލަހަތު ދަމަހައްޓަން އޮތް ހަމައެކަނި ޕާޓީއަކީ ޕީޕީއެމް: ރައީސް ޔާމީން
ދިވެހިރާއްޖޭގެ މަސްލަހަތު ދަމަހައްޓަން ނިކުމެ އޮތް ހަަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާާނު މިހެން ވިދާޅުވީ ކ.ހުރާގައި އޮތް ތުލުސްދޫ ދާއިރާއަށް ވާދަކުރާާ އަހުމަދު ސިއްދީގުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ދަމަހައްޓަން ނިކުމެ އޮތް ހަަމައެކަނި ޕާޓީއަކީ މިވަގުތު ޕީޕީއެމްކަމަށާއި މިވަގުތު ރަސްމީގޮތުން އޮތް ހަަމައެކަނި އިދިކޮޅު ޕާޓީއަކީވެސް އެއީ ކަމަށެވެ. ސިއްްދީގަކީ ޕްރައިމަރީން ހޮވުނު ފަރާތެއްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ޕާޓީގެ ބައެއް ބޭފުޅުން ސިއްދީގާއި ދެކޮޅަށް ކެމްެޕެއިން ކުރައްވާތީ ހިތާމަފުޅު ކުރައްވާ ކަމަށެވެ.
"މި ސަރުކާރުން ވިޔާނުދާ މަސައްކަތް ކުރަމުންދާ އިރު ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ޕީޕީއެމް،ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިގެން"، ރައީސް ޔާމީން ވިދާޅުވިއެެވެ.
އެމަނިކުފާާނު ވިދާޅުވީ ތުލުސްދޫ ދާއިރާއަކީ މިދިޔަ ފަސް އަހަރުގައި ގިނަ ތަރައްގީތަކެއް އައިސްފައިވާ ދާއިރާއެއް ކަމަށެވެ. އެެހެންކަމުން އެ ދާއިރާގެ ޕީޕީއެމްގެ މެންބަރުންގެ ވޯޓު ބައިބައިވާންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި އެކަމާއި މެދު ހިތާމަކުރައްވާކަަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް