އައްޑޫގައި ފްލެޓެއްގެ ދެވަނަ ބުރީން ވެއްޓުނު އަންހެން ކުއްޖަކު އައިސީޔޫގަައި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫގައި ފްލެޓެއްގެ ދެވަނަ ބުރީން ވެއްޓުނު އަންހެން ކުއްޖަކަށް އައިސީޔޫގަައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ، ފްލެޓް ނަންބަރު 14ގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިފައިވާ ކަމަށެވެ.
އެ ރިޕޯޓް ލިބުނީ ރޭ 12:00 އެހާކަންހާއިރު ކަމަށް ވެސް ބުންޏެވެ:
ވެއްޓިފައި ވަނީ 15 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް