މި ސަރުކާރުން ޓެރަރިޒަމްއަށް ދޭނީ ޒީރޯ ޓޮލަރެންސް: މާރިޔާ
މި ސަރުކާރުގެ ފަރާތުން ޓެރަރިޒަމްއަށް ދޭނީ ޒީރޯ ޓޮލަރެންސްކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ އިންޑިޔާގެ ސިފައިންނަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުވައިގެން އެކަަމަނާ ކުރެއްވި ޓްވީޓެއްގައެެވެ.
މާރިޔާ ވިދާޅުވީ މި ސަރުކާރުގައި ޓެރަރިޒަމަށް އޮންނާނީ "ޒީރޯ ޓޮލެރެންސް" ކަމަށާއި މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރައްވާ ކަމަށެވެ.
އިންޑިއާގެ ސެންޓްރަލް ރިސާވް ޕޮލިސް ފޯސްގެ ސިފައިން ގޮވައިގެން ދަތުރުކުރި ބަހެއްގައި، ގޮވާތަކެތިން ބަރުކޮށްފައިވާ ކާރެއް ޖައްސައިގެން ދިން ބޮމުގެ ހަމަލާގައިވަނީ ސިފައިންގެ 40އަށްވުރެ ގިނަ އޮފިސަރުން މަރުވެފައެވެ.
މި ހަމަލާގެ ޒިންމާ ވަނީ ކަޝްމީރުގެ ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތަކުން އުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް