ޑޮކްޓަރުންގެ ލަފަޔާއިއެކު ރައީސް ޔާމީން އެޑްމިޓްކޮށްފި
ޑޮކްޓަރުން ލަފާދެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 24 ގަޑިއިރަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އެޑްމިޓްކުރަނީ 24 ގަޑިއިރުގެ އޮބްޒަވޭޝަންއަކަށެވެ.
މިރޭ 6:30 އެހާކަށްހާއިރު އެމަނިކުފާނު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްއަށް ގެނެވުނުކަން ކަރެކްޝަންސްއިން ވަނީ ޔަގީންކޮށްދީފައެވެ.
ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދެވިފައިވަނީ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވުމުން ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.
މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ އައިޖީއެމްއެޗްގެ ހިތުގެ ބައްޔާއި ބެހޭ ސެންޓަރގައި ފަރުވާ ހޯއްދަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް