ހުރަވީ ބިލްޑިންގ ތަޅާލަނީ
މީގެ 33 އަހަރު ކުރިއްސުރެ ބޭނުންކުރަމުން އަންނަ ހުރަވީ ބިލްޑިންގ ތަޅާލަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވަރަށް ބޮޑަށް ބާވެފައިވާ ހުރަވީ ބިލްޑިންގައި ސަރުކާރުގެ ގިނަ އޮފީސްތައް ދަނީ ހިންގަމުންނެވެ.
"މިހާރު" ނޫހަށް ދިން އިންޓަވިއު އެއްގައި ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި ވަރަށް ބޮޑަށް ބާވެފައިވާ ހުރަވީ ބިލްޑިންގް ތަޅާލަން ނިންމައި މިހާރު އިމާރާތުގައި އޮފީސްތައް ބަދަލުކުރާނެ އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހުރަވީ ބިލްޑިންގ އިމާރާތުގެ ޝީޓުން ބައެއް މިދިޔަ ހަފުތާގައި ވެސް ވަނީ ވެއްޓިފައެވެ. އަދި މީގެ ކުރިން ވެސް އެފަދަ އެތައް ހާދިސާތައް ހިނގާފައިވެއެވެ.
ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމި އެވެ. އޭރު ވެސް އެކަން ނުކުރެވުނީ ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ހަމަނުޖެހިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް