އަތޮޅު ފެރީތަކުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރަނީ
ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ފޯރުކޮށްދެމުންދާ ފެރީގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލް ވިދާޅުވީ، ސަރުކާރުން އަތޮޅުތެރޭގައި ދެމުންދާ ފެރީގެ ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފައިދާ ތަކެއް ކުރަމުންދާކަމަށާއި ނަމަވެސް އެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން ޖެހިފައިވާކަމަށެވެ.
އާދިލް ވިދާޅުވީ ފެރީގެ ޙިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލުގެ ސަބަބުން ރައްޔިތުންނަށް ބައެއް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
މިގޮތުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ސީދާ ދަތުރުކުރާ ފެރީއެއް ނެތުންކަމަށް އާދިލް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެރީގެ ޚިދުމަތް ދެމުންދަނީ އެމްޓީސީސީންއެވެ. މީގެ އިތުރުން އެމްޓީސީސީއާއިއެކު އެމްޕީއެލްއާއި ވަރމިލިޔަން އިންޓަނޭޝަނަލް އިންވެސް ދަނީ އަތޮޅުގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދެމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް