ސިނަމާލެ ބްރިޖް ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އެކްސިޑެންޓެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސިނަމާލެ ބްރިޖް ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާން އޮންނަ ފަޅީގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލެއް އެކްސިޑެންޓްވެފައިވާއިރު، މަގުގައި އިށި އިނދެލައިގެން އަންހެނަކު ބޮލުގައި ހިފަހައްޓާލައިގެން އިނެވެ.
އެ ތަނުގައި މަޑުކޮށްގެން މީހުން ތިބިއިރު ތްރެފިކް ފުލުހަކުވެސް ހަރަކާތެރިވާ މަންޒަރު ފެނެއެވެ. މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ.
މި ގަޑިއަކީ ސިނަމާލެ ބްރިޖާއި ހައިވޭ އެންމެ ބާރުބޮޑުވާ ގަޑިއެވެ. އެގޮތުން މިގަޑިއަކީ އޮފީސްތައް ނިމޭ ގަޑިކަމުން ގިނަ އަދަދެއްގެ މީހުން ބްރިޖާއި ހައިވޭއިން ދަތުރުކުރެއެވެ.
މިދުވަސްވަރަކީ ހުޅުމާލޭގައި އާދަޔާހިލާފަށް އެކްސިޑެންޓްތައް ގިނަ ދުވަސްވަރެކެވެ. އެކްސިޑެންޓްތައް ގިނަވުމުގެ ސަބަބުން ފުލުހުން މަގުތަކުގެ ޓްރެފިކް ބެލެހެއްޓުން ވަނީ އިތުރަށް ފުޅާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް