މޫސުން ވަރަށް ގޯސް؛ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ރ އަތޮޅުން ވ އަތޮޅަށެވެ.
އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރުނީ 12:30 އިން 16:30އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ހއ. ފ އަތޮޅަށްވެސް މޫސުން ގޯސްވެ ވިއްސާރަ ވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވެފައުވާއިރު ބައެއް ސަރަހައްދުތަކަށް އުދަވެސް އަރާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް