ބައިބަލާ މުބާރާތް މިރޭ ފަށާނެ
މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތް މިއަދު ފަށާނެއެވެ.
ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި މި މުބާރާތް މިއަދުން ފެށިގެން 5 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެއެވެ.
މިއަހަރުގެ މުބާރާތުގައި 32 ޓީމަކުން ވާދަ ކުރެއެވެ.
މި މުބާރާތް އޮންނާނީ މޭރީ ބްރައުން ފުރަގަހުގައި އޮންނަ ބައިބަލާ ކޯޓުގައި ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިފަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 100،000 ރުފިޔާ، ރަނާރަފް ޓީމަކަށް 40،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަކަށް 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް