ގެއަކުން ބުރުމާ ތަކަކާ، ލޮއިނަރުތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހެންވޭރު ގެއަކުން ވަގަށް ނެގި ތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 8 ސެޕްޓެންބަރު ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އަދި މި މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައި ފާސްކުރުމަށްފަހު، ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ގިނަ ތަކެތި ހޯދާފައިވާ ކަމަށާ، މީގެ ތެރޭގައި ކަރަންޓު ބުރުމާތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހިމެނޭ ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން، ލ. މާވަށް / ޖަމީލާމަންޒިލްގެ އާދަމް ޙުސައިން (48އ) ވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް