ދުއްވާފައި ދިޔަ ސައިކަލެއް ކާރެއްގެ ދޮރުގައި ޖެހިއްޖެ
މާލޭގެ ޖަނަވަރީ މަގުގައި މިއަދު ދުއްވާފައިދިޔަ ސައިކަލެއްގައި ކާރެއްގެ ދޮރުފަތް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މަގުގެ އެއްފަރާތުގައި ޕާކްކޮށްފައިވާ ކާރެއްގެ ދޮރުފަތް ހުޅުވަން އުޅުމުގެ ތެރޭގައި، އެމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އަތުގައި ލައިސަންސް އޮތް، 38އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ. އެމީހާގެ ކޮނޑުހުޅަށް އަނިޔާތަކެއް ވުމުން އޭޑީކޭ ހޮސްޕިޓަލްގައި އޭނާއަށް ވަނީ ފަރުވާ ދެވިފައެވެ.
އަދި ކާާރު ދުއްވަން އިނީ 38އަހަރުގެ ލައިސަންސް އޮތް ދިވެއްސެކެެވެ.
ފުލުހުން މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާއިރު، ދެ ދުވަހުގެ މުއްދަތަކަށް ކާރުދުއްވި މީހާގެ ލައިސަންސް ވަނީ ޓްރެފިކް ފުުލުހުން ހިފަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް