ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަން ނަގާ ފީ ކަނޑާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ ގޭޓު ފީ ކަނޑާލައިފި އެވެ.
މީގެ ކުރިން ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ ގޭޓު ފީގެ ގޮތުގައި -/150 ރުފިޔާ ނަގައެވެ.
އެހެން ނަމަވެސް، އެ ފީ ކަނޑާާލިކަން އަންގައި ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ކުނި އުކާ އާންމު އުޅަނދުތަކުން ނަގާ ފީތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރި އުސޫލުން އުކާލަން ގެންނަ ކުނިން ކޮންމެ ޓަނަކަށް ޓިޕިން ފީގެ ގޮތުގައި މީގެ ކުރިން -/750 ރުފިޔާ ނަގަމުންދިޔަ ނަމަވެސް މިހާރު އެ އަގު 500ރ. އަށް ކުޑަކޮށްފައިވާ ކަަމަށް ބުނެފައި ވެއެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ގާއިމު ކުރެވެން ދެން، ބަރުދަން ރިއާޔަތްކޮށް އަގު ނެގުން ހުއްޓާލާފައިވާ ކަމަށް ވެސް ވެމްކޯއިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް