ޖިންސީގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރި މައްސަލައިގެ ތަހުގީގު ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖިންސީގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރި މައްސަލައިގެ ތަހުގީގު ފަށައިފި އެވެ.
މިކަން ހިނގީ ށ. ގޮއިދޫގަ އެވެ. އެނގިފައިވާ ގޮތުގައި އެ ރަށުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ވަނީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އެރަށުގެ ރައްޔިތުން ތިބޭ ވައިބާ ގުރޫޕަކަށް ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯއަކީ އެމީހާއާ އެހެން މީހަކު ޖިންސީގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށް ވެ އެވެ. އެ މައްސަލަ ހޫނުވެ ރަށުގެ ތެރޭގައި އޮތް ކަންބޮޑުވުން އުފެދިފަ އެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، މެއި 27 ވަނަ ދުވަހު ށ. ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް